ads
އިންޑިއާގައި ސެނިޓައިޒާ ބުއި ހަތަރު މީހަކު މަރުވެއްޖެ
އިންޑިއާގެ އަންދްރަ ޕްްރެދޭޝްގެ ފުލުހުން އަންނަނީ ޕްރަކަސަމް ޑިސްޓްރިކްޓުގައި 10 މީހަކު ސެނިޓައިޒާ ބޮއެެގެން މަރުވި މައްސަލައެއް މިދިޔަ މަހުން ފެށިގެން ތަހުގީގުކުރަމުންނެވެ. އަނެއްކާ ވެސް އަންދްރަ ޕްރެދޭޝްގެ ތްރިޕުތީގައި މިވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ.

ހުުކުރު ދުވަހު، މަރުވެފައި ވަނީ ހޭންޑް ސެނިޓައިޒާ ބުއި ހަތަރު މީހެކެވެ. ތްރުޕާތީގެ ސްޕްރިޑެންޓް އޮފް ޕޮލިސް އޭ ރަމޭޝް ރެޑީ ހިންދުސްތާން ޓައިމްސްއަށް ބުނީ މަރުވި ހަތަރު މީހުންގެ އާއިލާއިން ވަނީ އެމީހުންނަކީ ރަލަށް ދެވިހިފައިވާ ބައެއް ކަމަށާއި އެގޮތުން ސެނިޓައިޒާ ބުއި ލޮކްޑައުންގެ ސަބަބުން ރާ ނުލިބުމުން ކަމަށް ވެސް ވެދާނެ ކަމަށް ވެސް ބުނެފައި ކަމަށެވެ.

އެކަމަކު މިހާރު މަޑުކޮށްގެން ތިބީ އެމީހުންގެ ފޮރެންސިކް ރިޕޯޓް ލިބޭނެ އިރަކަށް ކަމަށާއި އެގޮތުން އެއަށް ބެލުމަށް ފަހު އެމީހުން މަރުވީ ސެނިޓައިޒާ ބޮއެގެންކަން ނުވަތަ އެހެން ކަމެއްގައި ކަން އެނގޭނެ ކަމަށް ވެސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ހަތަރު މީހުންނަކީ އެކީގައި އުޅުން ބައެއް ނޫން ކަމަށެވެ. އެކަމަކު މަރުވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން މަސައްކަތް ކުރަނީ ސެނިޓައިޒާ ސަޕްލައި ކުރުމުގައި ކަމަށާއި މިހާތަނަށް އެ ހަތަރު މީހުން ސެނިޓައިޒާ ގަތީ އެއް ފިހާރައަކުން ކަން އެނގޭ ހެއްކެއް ވެސް ނެތް ކަމަށެވެ. 

އަދި އެ ބޮއެފައި ވަނީ އެކީގައި ތިބެގެންކަން ވެސް ނޭނގޭ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ޗާޓުން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ގައުމު ކަމަށްވާ އިންޑިއާގެ އަންދުރަ ޕްރަދޭޝް އަވަށް ލޮކްޑައުން ކޮށްފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ 10 މީހުން ވަނީ އަލްކޮހޯލް ހުރި ހޭންޑް ސެނިޓައިޒާ ބޮއެގެން މިދިޔަ މަހުގެ ފަހުކޮޅު މަރުވެފަ އެވެ.

އެގައުމުގެ ފުލުހުން ވަނީ އެފަދަ ތަކެތި ނުބުއިމަށް ނަސޭހަތްތެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް