ސަޕްލައި.އެމްވީ އިން އިންތިިޒާމް ކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯ އަކީ ރާއްޖެ އަށް މުދާ އެތެރެކުރާ ސަޕްލަޔަރުންގެ ޕްރޮޑަކްޓްތައް މާކެޓަށް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ އެކްސްޕޯއެ ކެވެ.
ތާފާތު އެކި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް މި އެކްސްޕޯގައި ބައިވެރިވެ އެމީހުންގެ ޕްރޮޑަކްޓްތައް ޝޯކޭސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން، ފުޑް އެންޑް ބެވަރޭޖްސް ގެ ސަޕްލަޔަރުންނާއި، ގޭގައި ގެންގުޅޭ ސަމާނާއި ބަދިގެ ސާމާނު ސަޕްލައި ކުރާ ފަރާތްތަކުގެ އިތުރުން އިލެކްޓްރޯނިކްސް އަދި ރީތިވާ ސާމާނު އެތެރެކޮށް ސަޕްލައި ކުރާ ފަރާތްތައް މި އެކްސްޕޯގައި ބައިވެރިވެ އެވެ.
ސަޕްލައި.އެމްވީ އިން ބުނީ މި އެކްސްޕޯ ގައި ބައިވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ކްލަޔަންޓްސް ކޮންމެ ދުވަހަކު ވެސް ސަޕްލައި.އެމްވީ ގެ ޕްލެޓްފޯމް މެދުވެރިކޮށް ގުޅާދޭނެ ކަމަށެވެ.
އެކްސްޕޯ ކުރިއަށް ދާއިރު، ތަފާތު ގިނަ ޕްރޮމޯޝަންތަށް ވެސް ކުރިއަށް ދާނެ ކަމަށް ސަޕްލައި.އެމްވީ އިން ބުނެ އެވެ. އަދި އެކްސްޕޯ ގައި ބައިވެރިވާ ކަސްޓަމަރުންނަށް ސަޕްލަޔަރުންގެ އަތުން ގަންނަން ބޭނުންވާ އެއްޗެެހި ފަސޭހަ ކަމާއި އެކު ލައިވް ޗެޓް މެދުވެރިކޮށް އޯޑަރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ސަޕްލައި.އެމްވީ އިން ފާހަގަކުރެ އެވެ.
އޮގަސްޓް ފަސް ވަނަ ދުވަހު ފަށާފައިވާ ބީ2ބީ އެކްސްޕޯ ގެ މެއިން ސްޕޮންސަރަކީ ބްރަދާހޫޑް އެވެ.