ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ކޮމެޓީތަކަށް އަންނަ ހުރިހާ ބޭފުޅުންނަކީ ސަރުކާރަށް ތާއީދު ކުރާ ބައެއް ނޫން: ނަޝީދު
މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ އަބަދު ސަރުކާރަށް ތާއީދު ކުރާ ބޭފުޅުންނެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކީ ސަރުކާރަށް ތާއީދު ކުރައްވާތީ ވަޑައިގަންނަވާ ބޭފުޅުންނޫންކަމަށެވެ.

އެކި ހިޔާލުގެ ބޭފުޅުން މަޖިލީހަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެގޮތަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ކޮވިޑް-19 ކަންކަމާއި ގުޅިގެން ކޮވިޑް-19 ގެ މިހާލަތުގައި، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ސިއްހީ ދާއިރާގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި އާންމުންނަށް ހިޔާލު ހުށައެޅުމަށް މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. 

އަދި މީގެ އިތުރުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ސިއްހީ ދާއިރާގައި ކުރިން  މަސައްކަތް ކުރެއްވި ބޭފުޅުން ތަކެއް، ހާޒިރުވެ ސިއްހީ ދާއިރާ އާއި ގުޅޭ ގޮތުން އެބޭފުޅުންގެ ކަންބޮޑުވުންތަށްވެސް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް