ads
މީރާއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މިހާރު “ވާރު ޕޭ” މެދުވެރިކޮށް ލިބޭނެ—
މީރާގެ ހުރިހާ ހިދުމަތެއް މިހާރު އޮންލައިންކޮށް ލިބޭނެ!
މޯލްޑިވްސް އިންލެންޑް ރެވެނިޔު އަތޯރިޓީ (މީރާ) ގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

މީރާއިން ބުނީ މީރާއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މިހާރު “ވާރު ޕޭ” މެދުވެރިކޮށް ލިބޭނެކަމަށެވެ. 

މިގޮތަށް ހަމަޖައްސާފައި ވަނީ މީރާ ގެ ހިދުމަތްތަށް ހޯދަން ބޭނުުންވާ މީހުންނަށް ލުއި ފަސޭހަ ކޮށްދީ ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރުވަމުންދާތީ ހިދުމަތް ހޯދަންދާ މީހުންނާއި މުވައްޒަފުންގެ ވެސް ސަލާމަތާއި ރަށްކާތެރިކަމަށް ޓަކައި ކަމަށް މީރާއިން ބުނެއެވެ. އަދި މީރާގެ ހުރިހާ ހިދުމަތެއްވެސް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ. 

މީރާއިން ވާރުޕޭ މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ކުންފުނިތަކާއި، އުޅަދުތަކުގެ އަހަރީ ފީ ބަލައިގަތުމާއި ޕާކިން ވައިލޭޝަން ޖޫރިމަނާ ތަކުގެ އިތުރުން ވޯކް ވިސާ ފަދަ މީރާއިން ފޯރުކޮށްދޭ އެހެނިހެން ފީތަކުގެ ހިދުމަތްވެސް އޮންލައިންކޮށް މިހާރު ލިބެން ހުންނާނެ ކަމަށް މީރާއިން ބުނެއެވެ.

މީރާގެ ހިދުމަތްްތަށް އޮންްލައިން ކޮށްފަލިބޭނެ ގޮތް ހަދާފައި ވީނަމަވެސް ރަސްމީގަޑިތަކުގައި މީރާއިން އެހިދުމަތް ލިބޭނެކަމަށް މީރާއިން ބުނެއެވެ. މީރާ އިން ބުނީ އޮފީހަށް އައިސް ހިދުމަތް ހޯދާނަމަ ސަމާލުކަން ދޭންވީ ކަންކަމަށް ސަމާލުކަން ދީގެން ހިދުމަތް ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.

 އެގޮތުން އޮފީހަށް ހިދުމަތް ހޯދަންް އަންނަ ނަމަ އައުމުގެ ކުރިން މީރާގެ މޯބައިލް އެޕް ނުވަތަ ކިއުބީ މެދުވެރިކޮށް ޓޯކެން ނަންބަރު ނަގައިގެން އައުމަށް އެދިފައިވެއެވެ. އަދި ސެނެޓައިޒާ އަދި މާސް ފަދަ ތަކަތި އަޅާގެން ތިބުމަށް ސަމާލުކަން ދިނުމާއި ބިންމަތީގައި މާކު ކޮށްފައިވާ ސަރަހައްދުގައި ކޮންމެ މީހަކުވެސް ހުރުމަށް އިލްތިމާސްކޮށްފައި ވެއެވެ. މީގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް މީރާ އިން އިލްތިމާސް ކުރެއެވެ. 

މީރާއިން ބުނީ އޮފީހަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހުން ބެލޭނެކަމަށާއި އެއްވެސް ވަރަކަށް ހުމުގެ އަސަރު ހުރިނަމަ ހިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް