ހަބަރު /

ތުރުކީގެ ދާހިލީ ވަޒީރާ ހޯމް މިނިސްޓަރު ބައްދަލުކުރެއްވުން--
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީވަނީ
06 ޑިސެމްބަރ 2019 - 15:55:53
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ސޮއިލޫއާ ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާހިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ތުރުކީން އެހީތެރިވުމަށް ނިންމައިފިއެވެ.
ތުރުކީން އެހީތެރިވެދޭނެކަން އިއުލާންކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންއެވެ. އެ ދަތުރުގައި މިނިސްޓަރު ވަނީ ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޮއިލޫއާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާހިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ތުރުކީގެ ދާހިލީ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ތުރުކީގެ އިންޓީރިއާ މިނިސްޓަރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ތުރުކީން އެހީވާނެ ކަމަށް ބުނެފައިވާއިރު ފުލުހުންގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމާއެކު އިތުބާރު ހޯދުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެމަސައްކަތުގެ ދަށުން ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މިނިސްޓަރު އިމްރާން މަސައްކަތް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއް ވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް