ads
ފިނޭންސް މިނިސްޓްރީ--
މިދިޔަ ޑިސެމްބަރުން ފެށިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އެލަވަންސްދޭން ނިންމައިފި
މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމައި، އުސޫލު އާންމުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާގުޅޭ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު ރޭ އާންމުކޮށްފައިވާއިރު އެ އުސޫލުގައި މިހާރުވާ ގޮތުން ޑިސެމްބަރު އެކަކުން ފެށިގެން އާމްދަނީ ލިބުން މެދުކެނޑިފައިވާ ފަރާތެއްނަމަ 5000 ރުފިޔާ، އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ. 

ކުރިން އުސޫލު އޮތް ގޮތުންނަމަ ވަޒީފާއަށް އަސަރު ކުރި ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާޗް އެކެއްގެ ފަހުން ކޮވިޑް19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރުމާއި މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވުން އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކެވެ. 

އާ އުސޫލުގައި ވަނީ ކުރީ އުސޫލެކޭ އެއްގޮތަށް ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ ކަމަށެވެ. 

އެކަމަކު ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ލޯނުގެ ގޮތުގައި އެހީއެއް ދޫކޮށްފައިވާނަމަ، އެ އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މެއި އަދި ޖޫން، މަހުގެ އެލަވަންސުން އެ ފަރާތެއް އިސްތިސްނާވާނެ ކަމަށް ވެސް ބުނެ އެވެ.

އަދި އެ އެލަވަންސް ދޫކުރާނީ ހަމަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި އެގޮތުން އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރަށް އެލަވަންސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ. 

އެލަވަންސްއަށް އެދޭ އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ނަމަ، އެފަދަ ފަރާތެއްކަން ކަށަވަރުކޮށްދޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތުން ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައި ވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސް ދޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާންޖެހެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް