ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ސިޓީއަކީ އޭސީސީން ކުރަމުންދާ ތަހުގީގުތަކުގެ މައުލޫމާތު ފޮނުވުމަށް ދެކޮޅު ހަދާފައިވާތީ ޕީޖީ އޮފީހުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.
އެކަމަކު އެ ސިޓީއަކީ ސިއްރު ސިޓީއަކަށްވާތީ ކޮމިޓީ ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސިއްރުންނެވެ.
ޖިނާއީ ކުށްތަކުގައި ހިންގާ ތަހުގީހުތައް، ބެލުމުގެ ބާރު ގާނޫނުއަސާސީން ޕީޖީއަށް ލިބިފައިވާއިރު އެފަދަ ތަހުގީގުތައް ހިނގާގޮތް ބެލުމަކީ ވެސް ޕީޖީގެ މައްޗަށް މަތިކޮށްފައިވާ ކަމެކެވެ.