ads
ފިނޭންސް މިނިސްޓްރީ
ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.3 ބިލއަން ރުފިޔާ ހަރަދުކޮށްފި
ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޕީއެސްއައިޕީގެ އެކި މަޝްރޫއުތަކަށް 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ޕީއެސްއައިޕީގެ އެކި މަޝްރޫއުތަކަށް 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިއަހަރުގެ ޖުލައި 23 ވަނަ ދުވަހާއި ހަމައަށް ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 638.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެގޮތުން ބަނދަރުގެ އެކި މަޝްރޫއުތަކަށް 285.3 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވާއިރު، އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 160.8 މިލިއަން ރުފިޔާ އެވެ. އަދި ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 192.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

އޭގެއިތުރުން ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް ސަރުކާރުން 212 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބިތަކުން ދައްކާ އިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 60 މިލިއަން ރުފިޔާ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުގައި ވާގޮތުން، ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 68 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 38 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 195.4 މިލިއަން ރުފިޔާ އެވެ.

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 16.4 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 81.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ތަފާސް ހިސާބުތަކުގައި ވާގޮތުން މިސްކިއްތަށް އިމާރާތްކޮށް މަރާމާތުކުރުމަށް 21.2 މިލިއަން ރުފިޔާ ވަނީ ޖުލައި 23 ގެ ނިޔަލަށް ހަރަދުކޮށްފަ އެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 485.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަޝްރޫއުތަކަށް 8.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ލޭންޑް އެކުއިސިޝަންއަށާއި އިތުރު މަޝްރޫއުތަކަށް 487.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް