ads
މެކްސްކޮމް އިން މުޅިންއާ ނެޓްވޯކް އެޓޭޗްޑް ސްޓޯރޭޖް ސިސްޓަމެއް ތައާރަފްކޮށްފި
މެކްސްކޮމް ޓެކްނޮލޮޖީސް އިން މުޅުން އާ ނެޓްވޯކް ސްޓޯރޭޖް ސިސްޓަމް އެއް ތައާރަފްކޮށްފި އެވެ.
Advertisement

މެކްސްކޮމް އިން ތައާރަފްކުރި މި ސްޓޯރޭޖް ސިސްޓަމަކީ ގޭބީސީ ތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް ވެސް ބޭނުން ކުރެވޭނޭ ޕްރޮޑަކްޓެކެވެ. 

ކޮންމެ ކަސްޓަމަރަކަށް ވެސް ބޭނުންވާ ސައިޒްގެ ސްޓޯރޭޖް ސިސްޓަމެއް ހޯދައިދިނުމަށް މެކްސްކޮމް އިން އެހީތެރިކަން ފޯރުކޮށްދޭ އިރު، މި ސިސްޓަމްތައް އެ ކުންފުނިން ވިއްކަނީ ތިން އަހަރުގެ ވަރަންޓީ އަކާއި އެކު ފުލް ސާވިސް ސަޕޯޓް ދޭ ގޮތަށެވެ. 

އެސަސްޓޯގެ މި ނެޓްވޯކް ސްޓޯރޭޖް ސިސްޓަމުގެ އެެންމެ ކުޑަ ސިސްޓަމް ތަކަށް ވެސް ދެ ހާޑް ޑިސްކް ލެއްވޭނެ ކަމަށް މެކްސްކޮމް އިން ބުނެ އެވެ. މީގެ ސަބަބުން އެއް ޑިސްކު ހަލާކުވި ނަމަވެސް ސިސްޓަމަށް ސްޓޯ ކޮށްފައި ހުންނަ މައުލޫމާތުގެއްލިގެން ނުދާނެ ކަމަށް މެކްސްކޮމް އިން ފާހަގަކުރެ އެވެ. 

މި ސްޓޯރޭޖް ސިސްޓަމް ތަކަށް ވީޑިއޯ ނުވަތަ މައުލުމާތު ސްޓޯ ކުރުމުން ވައިފައި ނެޓްވޯކް މެދުވެރިކޮށް ގޭގެ އަދި އޮފީސްތަކުގެ ހުރިހާ ސިސްޓަމަކަށް އެކްސެސް ކުރެވޭނެ އެވެ. 

އެގޮތުން ފިލްމު ފަދަ ތަަކެތި ސިސްޓަމް ގައި ސްޓޯ ކުރުމުން ކޮންމެ ފޯނަކަށް ނުވަތަ ލެޕްޓޮޕަކަށް ވަކިވަކިން ފިލްމު އެޅުމުގެ ބަދަލުގައި ސިސްޓަމުން ސްޓްރީމްކޮށްގެން ފިލްމު ބަލާލެވޭނެ އެވެ.

އޭގެ އިތުރުން އޮފީސް ތަކުން މައުލޫމާތު އާއި އެހެނިހެން ތަކެތި ސިސްޓަމަށް ސްޓޯ ކުރުމުން ގޭގައި ތިބެގެން ވެސް ސިސްޓަމަށް އެކްސެސްވެ މައުލޫމާތު ތައް ބޭނުން ކުރެވޭނެ އެވެ. 

މެކްސްކޮމް އިން ބުނީ މި ސިސްޓަމް ތަކަކީ ގޭގޭގެ ސީސީޓީވީ ސްޓޯރޭޖް އާއި ކުރީގެ ފޮޓޯ ފަދަ ތަކެތި ވެސް ގެއްލިގެން ނުދާނެ ގޮތަށް ރައްކާކުރެވޭނެ ސްޓޯރޭޖްތަކެއް ކަމަށެވެ. 

މެކްސްކޮމް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ދަށުން އެއް ޓީބީގެ ދެ ހާޑު ލެއްވޭ އެސަސްޓާގެ ސްޓޯރޭޖް ސިސްޓަމެއް 4999 ރުފިޔާ އަށް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް