އެޗްޑީސީގެ ޗެއާމަންއަކަށް ޖައިޝް އައްޔަންކުރެއްވިއިރު އެ ކުންފުނީގެ ބޯޑުގައި ހަ ބޭފުޅުން ތިއްބަ އެވެ.
މަޖީދިއްޔާ ސްކޫލުން ސާނަވީ ތައުލީމް ހާސިލުކުރެއްވި ޖައިޝް ވަނީ އިނގިރޭވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންހަމްފޮރެސްޓުން އާކިޓެކްޗާގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކުރައްވާފަ އެވެ.
އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު ކުއީންސްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ދައިރާއިން ވަނީ މާސްޓާސް ހައްދަވާފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެލީ ލިމިޓެޑްގެ ޕްރޮޖެކްޓް ހެޑްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޖައިޝް ވަނީ އެއާޕޯޓާއި އޭވިއޭޝަން ދާއިރާގައި 15 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމު ވެސް ވަނީ ފުރުއްވާފަ އެވެ.