ads
ސަންޖޭ ދަތު--
ކެންސަރުގެ ބަލީގެ ޝިކާރައަކަށްވެ ސަންޖޭ ދަތު ފިލްމީ ދާއިރާއިން ބްރޭކެއް ނަގަނީ
މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑުގެ ތަރި، ސަންޖޭ ދަތަށް ވަނީ ލިލަވާތީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. ނޭވާލާން އުނދަގޫވެ، މޭގާ ރިއްސާތީ ހޮސްޕިޓަލުން ފަރުވާދިންއިރު އޭނާ ކޮވިޑަށް ވެސް ނެގެޓިވް އެވެ.

ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ އިރެއް ނުވެ ސަންޖޭ މިވަނީ ދުވަސްކޮޅަކަށް މަސައްކަތަށް ދުރަށް ޖެހިލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ސަންޖޭ ބުނީ، އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުން އެކަމާއި މާބޮޑަށް ކަންބޮޑުނުވުމަށް އެދޭ ކަމަށާއި ފިލްމީ ދާއިރާއިން ބްރޭކެއް ނަގަނީ ސިއްހީ ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ.

އަދި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ވެސް ސަންޖޭ ބުންޏެވެ. 

ސަންޖޭ ފަރުވާ ހޯދަމުންދަނީ ކޮން ބައްޔަކަށް ކަން ނުބުންޏަަސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ވަނީ ލަންގް ކެންސަރު ޖެހިފަ އެވެ.  

މީގެ ކުރިން ވެސް ބޮލީވުޑުގެ ބައެއް ތަރިން ކެންސަރުގެ ޝިކާރައަކަށްވެ ފަރުވާ ހޯދާފައިވެ އެވެ. 

އުމުރުން 61 އަހަރުގެ ސަންޖޭގެ ހަޔާތަށް ވަރަށް ފަހުން "ސަންޖޫ" ގެ ނަމުގައި ފިލްމެއް ވެސް ނެރުނެވެ. ވަރަށް ބޮޑު ތަރުހީބެއް އެފިލްމަށް ވެސް ލިބިގެންދިޔަ އެވެ. 

ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ "ސަޅަކް 2" އެކެވެ. އެ ފިލްމުގައި އަދިތުޔާ ރޯއީ ކަޕޫރާއި އާލިއާ ބަޓް އަދި ޕޫޖާ ބަޓް ވެސް ފެނިގެންދާނެ އެވެ. އަދި އެ ފިލްމުގެ އިތުރުން ވެސް ސަންޖޭގެ ކުރިއަށް ފިލްމުތަކެއް އެބަ ހުއްޓެވެ.

ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ "ކަލަންކް" އިންނެވެ. ސަންޖޭ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "މުންނާ ބާއީ" އާއި "ސަދަކް" އާއި "ގުމްރާހް" އާއި "ނާމް" އަދި "ސާޖަން" ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް