ads
މާފަރު އެއާޕޯޓް/ ފޮޓޯ:މޯލްޑިވިއަން
އަދި މަސްދުވަސްވެސް ނުވެ، މިހާރު 10 ޖެޓު އައިސްފި!
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ މަސް ދުވަސް ވެސް އަދި ނުވާ އިރު، މިހާރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 10 ޖެޓު ޖައްސާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މާފަރު އެއާޕޯޓް ހިންގުމާ ހަވާލުވެފައި ހުރި ކުންފުނި، މޯލްޑިވިއަން އިން މިހެން ބުނެފައި ވަނީ އެ ކުންފުނިން ކުރި ޓްވީޓެއްގައި އެވެ. 

އެގޮތުން މޯލްޑިވިއަން އިން މާފަރު އެއާޕޯޓް ވެސް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހުޅުވާފައި ވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލި ދުވަހެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާ ކުރި 60 މިލިއަން ރުފިޔާ އިން މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓަށްއޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޖެއްސޭ އިރު، އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. 

މި އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެންވަޔަރްމެންޓް މިނިސްޓްރީ އިން ހުއްދަ ނުދީ އޮތުމަށް ފަހު ރަންވޭ ބޮޑުކުރުމުގެ ހުއްދަ ދީފައި ވަނީ ޖެނުއަރީ މަހު އެވެ.  

އޭގެ އިތުރުން، މާފަރު އެއާޕޯޓް އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ހައި އެންޑް ރިސޯޓުތައް އޮންނަ ސަރަހައްދަކަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް އެ އެއާޕޯޓްގައި ސޮނެވާ ކުންފުނީގެ ހަރަދުގައި ކޮވިޑް-19 އަށް ޓެސްޓުކުރާ ލެބެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. 

އެ ލެބަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ބޭނުންވާ ހުއްދަތައް ސަރުކާރުގެ އިދާރާތަކުން ހޯދުމުގެ މަސައްކަތްވެސް ކޮށްފައި ވަނީ އެ ކުންފުނިން ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް