ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީގައި
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތާވަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދަވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ދެވަނަ ޓާމުގެ މިޑްޓާމް ބްރޭކަކީ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހެވެ. 

ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖޫން މަހުގެ 24 ގައި ނިމޭ ގޮތަށް ތަވާލުކޮށްފައިވާއިރު ޗުއްޓީ ލިބެނީ ޖޫން މަހުގެ 27 އިން ފެށިގެން އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ފެށުމަށް ވެސް އެކަޑަމިކް ކަލަންޑަރުގައި ވަނީ ތަވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ޑިސެމްބަރު ތިން ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭ ގޮތަށް ހަމަޖައްސާފައިވާއިރު ޑިސެމްބަރު ހަ ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރަތަމަ ޓާމުގެ ޗުއްޓީ ކަމަށް ވެސް ކަނޑައަޅާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލް އާއި އޭލެވެލްއަށް އޮންނާނެ މުއްދަތަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަންނަ އަހަރު އޯލެވެލް އަދި އޭލެވެލް އިމްތިހާނުތައް އޮންނާނީ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، ސްކޫލުތަކުގެ ދެވަނަ ޓާމުގެ އިމްތިހާނުތައް ވެސް އޮންނާނީ ހަމަ އެ ދުވަސްވަރެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކަކުން 12 ގެ ކިޔެވުން ފަށާފައެވެ. މާލޭގައި ވެސް ބައެއް ގްރޭޑްތަކަށް ކިޔަވައިދެމުން އައި ނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، މިމަހުގެ ނުވަ ވަނަ ދުވަހު ފަށަން އޮތް ގޮތަށް ކިޔަވައިދިނުން ވަނީ ކުރިއަށް ނުގެންދެވި އެވެ. 

މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ސްކޫލުތައް ބަންދުކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޮވިޑް ނެތް ރަށުގައި ކިޔަވައިދިނުން ކުރިއަށްދާނެ އެވެ. އަދި މާލެ ސަރަހައްދުގައި އަންނަނީ އޮންލައިން ކްލާސްތައް ހިންގަމުންނެވެ. 

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށަން ނިންމާފައިވާއިރު މީގެ ކުރިން އޮތް ގޮތުން ފަތުރުވެރިކަމުގެ ހައި ސީޒަނާއި ބޮޑު ޗުއްޓީ ދިމާވާތީ، އަހަރީ ބޮޑު ޗުއްޓީއަށް ބަދަލު ގެންނަން ކުރިން ވެސް އޮތީ ނިންމާފަ އެވެ. 

އޭރު ވެސް ގާތްގަނޑަކަށް ނިންމާފައި އޮތީ ޖޫން ހިސާބުގައި އެއް ޗުއްޓީ ދިނުމަށް ފަހު ޑިސެމްބަރުން ޖެނުއަރީ އަށް ޗުއްޓީ ދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް