ads
އިންޑިޔާގެ ބޮޑުވަޒީރާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ފަށަނީ
އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު މިއަދު މަޝްވަރާކުރައްވައިފި އެވެ.
Advertisement

އެ 800 މިލއަނުގެ ކްރެޑިޓް ލައިނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި އިންޑިއާ އިން ރާއްޖެއަށް ދޭން އިއުލާންކުރި ކްރެޑިޓް ލައިނެކެވެ.

ރައްޔިތުންނާ ގުޅިފައިވާ، އަދި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ އެ މަޝްރޫއުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ދެ ގައުމުގެ ހާރިޖީ ވަޒީރުންވެސް ފާހަގަކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.  

ކްރެޑިޓް ލައިންގެ ދަށުން ހިންގަން ނިންމާފައިވާ ހަތް މަޝްރޫއު އަކީ 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، އައްޑޫގެ ތަރައްގީގެ މަޝްރޫއު، (އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި، މަގު ހެދުމާއި، ބިން ހިއްކުން) ގެ އިތުރުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުމާއި ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އާއި ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުމުގެ އިތުރުން ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން އަދި ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއެކުރީ 2019 އަހަރުގެ މާޗް މަހުއެވެ. 

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. 

މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެއެވެ. މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް