ads
ސަންޖޭ ދަތާއި އޭނާގެ އަންހެނުން---
ސަންޖޭ ދަތަށް އެނގުނު އިރު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖުގައި
މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑުގެ ތަރި، ސަންޖޭ ދަތަށް ވަނީ ލިލަވާތީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. ނޭވާލާން އުނދަގޫވެ، މޭގާ ރިއްސާތީ ހޮސްޕިޓަލުން ފަރުވާދިންއިރު އޭރު ވެސް ކެންސަރު ބަލީގެ ހަތަރު ވަނަ ސްޓޭޖުގައި ދުވަސްތައް ގުނަމުންދާކަން އޭނާއަށް ނޭނގެ އެވެ.

އޭރު ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވިނަމަވެސް ހޮސްޕިޓަލުން އޭނާ ދޫކޮށްލާފައި ވަނީ ދުވަސްތަކަކަށް ފަހެވެ. އަދި ބަލީގެ ހަތަރު ވަނަ ސްޓޭޖުގައިކަން އެނގުނީ ވެސް މިފަހަރު ގޮސް ހެދި ޓެސްޓުތަކަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ އިރެއް ނުވެ ސަންޖޭ ވަނީ ދުވަސްކޮޅަކަށް މަސައްކަތަށް ދުރަށް ޖެހިލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ސަންޖޭ ބުނީ، އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުން އެކަމާއި މާބޮޑަށް ކަންބޮޑުނުވުމަށް އެދޭ ކަމަށާއި ފިލްމީ ދާއިރާއިން ބްރޭކެއް ނަގަނީ ސިއްހީ ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ.

ސަންޖޭ ބަލި ހާލަތާއި ގުޅިގެން އޭނާގެ އަންހެނުން މާނަޔާތާ ނެރުނު ބަޔާނެއްގައި ވަނީ ފާއިތުވި އަހަރުތަކުގައި އެމީހުންގެ ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އޭރެކޭ އެއްގޮތަށް މިފަހަރު ވެސް އެކަމުން އަރައިގަންނާނެ ކަމަށެވެ. އަދި އެންމެން ވެސް އާއިލާއަށްޓަކައި ހެޔޮ ދުއާކޮށްދިނުމަށް އެދިފައިވެ އެވެ.

ސަންޖޭ ދަތު ވަނީ 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވުމުގެ ހާދިސާގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބޭއްވުމުގެ ކުށް ސާބިތުވެގެން ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފަ އެވެ. ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އަހުލާގް ރަނގަޅުވުމުގެ ސަބަބުން ވަނީ އޭގެ ކުރިން މިނިވަންވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް