އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބޭރުގައި އުޅުން މަނާ ވަގުތުގައި ބޭރުގައި އުޅުމުގެ ސަބަބުން 94 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު އޭގެ ތެރެއިން 65 މީހަކު ވަނީ ޖޫރިމަނާކޮށްފައި ކަމަށެވެ.
ކާފިއު އިއުލާންކުރަން ފެށިފަހުން މިހާތަނަށް ވަނީ 376 މީހަކު ޖޫރިމަނާކޮށްފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށާފައިވާއިރު މިމަހުގެ މިހާތަނަށް ގިނަ ދުވަސްތަކުގައި ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 100 އިން މަތީގަ އެވެ.
މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައި ވަނީ ރޭނގަޑު ދިހަ އަކުން ފަތިހު 5:00 އާއި ހަމަ އަށެެވެ.