ads
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ --
ފަރުދީ ޒިންމާގެ އިހުސާސްނެތުމަކީ ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް: ހުތުބާ
އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ނޫންގޮތަކަށް އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގްސަދު ހާސިލުނުވާނެ ކަމަށާއި ފަރުދީ ޒިންމާގެ އިހްސާސް ފިލައިގެން ދިއުމަކީ، އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް މިއަދުގެ ހުކުު ހުތުބާގައި ބުނެފި އެވެ.

ޒިންމާ ނެގުމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ  ފަރުދީ ޒިންމާގެ މަތިން
އިންސާނާ ހަނދާންނެތޭ ކޮންމެ ވަގުތަކީ، އޭނާ ދުނިޔެއަށް ވުޖޫދުވި މަގްސަދު އޮޅި، ހަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތެއް ކަމަށާއި މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތިގެން ގޮސްފިނަމަ، އެބައެއްގެ ތެރޭގައި އޮތް އިންސާނީ ކަރާމާތް ގެއްލި، ދީނާއި ދުނިޔަވީ އަސާސްތައް ފުނޑުފުނޑުވެ އަހްލާގީ ސިފަތައް ނެތި، މުޖުތަމައުގެ އަމަންއަމާންކަން ގެއްލި އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިދާނެ ކަމެއް ކަމަށެވެ. 

ހުތުބާގައި ބުނީ ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޒިންމާއަކީ ފަރުދީ ޒިންމާ ކަމަށާއި އިންސާނާ ކުރާ ކޮންމެ ކަމަކާއި ބުނާ ކޮންމެ ބަހަކީ އަދި އަޅާ ކޮންމެ ފިޔަވަޅަކީ އެކަމަކާއި މެދު އޭނާ ޒިންމާވާން ޖެހޭނެ ކަމެއް ކަމަށެވެ. 

އޭގެ އިތުރުން ހުތުބާގައި ބުނީ ގިޔާމަތް ދުވަހަކުން އެއްވެސް މީހަކަށް އަނެކާ ކުށްވެރިކޮށްފައި އަމިއްލަ ނަފްސުގެ ނުބައި އަމަލުތަކުން ބަރީއަތްވެވެން ނޯންނާނެ ކަމަށެވެ. އެގޮތުން ކޮންމެ މީހަކު ވެސް ޖަވާބުދާރީ ކުރެވޭނީ އެމީހެއްގެ ފަރުދީ ޒިންމާއާ މެދުގައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް