ads
ހަޔާ އެޑިއުކޭޝަން އިން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން——
ތައި އިންޓަނޭޝަނަލް ޕޯސްޓްގުރެޖުއޭޓް ސޮކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ތައި އިންޓަނޭޝަނަލް ޕޯސްޓްގުރެޖުއޭޓް ޕްރޮގުރާމްތަކުގައި ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ބުނީ ކޮންމެ ކޯހަކަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ ފަސް ކެންޑިޑޭޓުން ކަމަށާއި ނަމަވެސް މިސްކޮލާޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިން ކަމަށެވެ.

މިނިސްޓްރީން ބުނީ ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި، އެކޮމޮޑޭޝަން އެލަވަންސް، އަދި ލިވިން އެލަވަންސްގެ އިތުރުން ބުކް އެލަވަންސް، އާއި ތީސިސް އެލަވަންސް އަދި ސެޓެލްމަންޓް އެލަވަންސްގެ އިތުރުން އިންޝުއަރެންސް ވެސް އެ ފަރާތުން ހަމަޖައްސާދޭނެ ކަމަށެވެ.

ކުރިއަށް ގެންދާ ކޯސްތައް: 

  • ސްޓާ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮސައިންސް ފޯ ސަސްޓެއިނަބަލް އެގްރިކަލްޗާ - 2 އަހަރު
  • މާސްޓާ އޮފް ރޫރަލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް - 15 މަސް 
  • މާސްޓާ އޮފް ސައިންސް ޕްރޮގްރާމް އިން އެންވަޔަރްމަންޓަލް ސައިންސް - ދެ އަހަރު
  • މާސްޓާ އޮފް ސައިންސް އަދި މާސްޓާ އޮފް އިންޖިނިއަރިން އިން އެނާޖީ ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓް - ދެ އަހަރު 
  • މާސްޓާ އޮފް ސައިންސް އިން ޖިއޮގްރަފިކް އިންފޮމޭޝަ ސައިންސް - ދެ އަހަރު
  • މާސްޓާ އޮފް ސައިންސް ޕްރޮގްރާމް އިން އާތް ސިސްޓަމް ސައިންސް - ދެ އަހަރު 
  • މާސްޓާ އޮފް ސައިންސް އިން ފުޑް އާއި ސައިންސް އެންޑް ޓެކްނޮލޮޖ - ދެ އަހަރު
  • މާސްޓާ އޮފް ސައިންސް އިން އެގްރިކަލްޗާ ބަޔޮޓެކްނޮލޮޖީ - ދެ އަހަރު 
  • މާސްޓާ އޮފް ސައިންސް ޕްރޮގްރާމް އިން ޕޯސްޓްހާވެސްޓް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން - ދެ އަހަރު
  • މާސްޓާ އޮފް ސައިންސް ޕްރޮގްރާމް އިން ވެޓެނާ ޕަބްލިކް ހެލްތް - ދެ އަހަރު
  • މާސްޓާ އޮފް ނާސިން ސައިންސް - ދެ އަހަރު 

އެ ކޯސްތަކުގެ އިތުރުން އިންޖިނިއަރިން ދާއިރާ އާއި އާޓްސްގެ ދާއިރާގެ ގިނަ ކޯސްތައް ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެކަމުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. އެގޮތުން ސްކޮލާޝިޕްއަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން ހަޔާ އެޑިޔުކޭޝަންއިން އެންގުމުން މިއަހަރުގެ އޮގަސްޓް 25 އަށް ޓައިކާގެ އެޕްލިކޭޝަން ފުރަން ޖެހޭނެ ކަމަށް ބުނެ އެވެ. 

އެ މިނިސްޓްރީން ބުނީ ކޯހަށް އެދޭ ކޮންމެ ކެންޑިޑޭޓަކު ވެސް ހުށަހަޅަންވާނީ އެންމެ ކޯހަކަށް ކަމަށެވެ. އަދި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރަކަށްވާން ޖެހޭނެ ކަމަށެވެ. 

އެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅަނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަންއިން ބުނެ އެވެ. އެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް