ads
ސީއޭ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އަންވަރު (ކ): އޭނާ ވަނީ އައިބީއެމްގެ އެމްޑީ ކަމާއި އެމްޑަބްލިއުއެސްސީގެ ބޯޑު ޑިރެކްޓަރުކަން އަދާކުރައްވާފައި.
ސީއޭ މޯލްޑިވްސްގެ ސީއީއޯއަކަށް އަންވަރު
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަންވަރު އައްޔަނުކޮށްފި އެވެ.

އަންވަރަކީ މީގެ ކުރިން އައިލޭންޑާސް ގްރޫޕުގެ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކުންފުނީގެ އޮޑިޓް އެންޑް ރެމުނެރޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.

އަންވަރު އެންމެފަހުން ހުންނެވީ އައިލެންޑް ބެވަރޭޖާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ އިތުރުން މާލެ ވޯޓާ އެންޑް ސްވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

އަންވަރު އެކައުންޓިންއިން މަތީ ތައުލީމު ހާސިލުކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި އެކައުންޓިންއިން މާސްޓާސް ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީންނެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އާ ގުޅޭ ކަންތައްތައް ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޒުކޮށް، ރާއްޖޭގައި އެކައުންޓަންސީ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އިންސްޓިޓިއުޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް