ads
ކޭޓީ އާއި އޯލާންޑޯ--
ކޭޓީ އާއި އޯލާންޑޯގެ ކައިވެނި ފަސްކޮށްފި
އެމެރިކާގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަދި އެކްޓަރު އޯލާންޑޯ ބްލޫމްގެ ކައިވެނި އަންނަ އަހަރަށް ފަސް ކުރަން ނިންމައިފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަދި އެކްޓަރު އޯލާންޑޯ ބްލޫމްގެ ކައިވެނި އަންނަ އަހަރަށް ފަސް ކުރަން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ދެ ތަރިން އަވަހަށް ކައިވެނި ކުރަން ބޭނުންވި ނަމަވެސް، ތައްޔާރީތައް ގިނަ ކަމުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރަށް ކައިވެނި ފަސް ކުރުމަށެވެ.

އެގޮތުން ކައިވެނީގެ ކަންކަން ބާއްވާނެ ގޮތާ މެދު ކޭޓީ ވަރަށް ބޮޑަށް ވިސްނާ ކަމަށާއި، އޭނާ އެދޭ ގޮތަށް ހުރިހާ ކަމެއް ރޭވުމެއް ވަގުތު ބޭނުންވާ ކަމަށް ވެއެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އެ ދެ ތަރިން ދެ ކައިވެނި ހަފްލާ ބާއްވަން ބޭނުންވެ އެވެ. އެ ދެ ހަފްލާއަށް ދައުވަތު ދޭނެ މީހުންގެ ލިސްޓު ވެސް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ.

ކޭޓީ ޕެރީ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ އެމެރިކަން އައިޑޮލްގެ އާ ސީޒަންގަ އެވެ. އޭނާ ދާދި ފަހުން ވަނީ އާ ލަވަ "ކޯޒީ ލިޓްލް ކްރިސްމަސް" ވެސް ނެރިފަ އެވެ.

އޯލާންޑޯ ބްލޫމް، ކޭޓީއަށް ކައިވެނި ހުށަހެޅީ މިއަހަރުގެ ވެލެންޓައިންސް ޑޭ ގައެވެ. އެ ދެ ތަރިންގެ ގުޅުމަކީ ފޭނުންނަށް ވަރަށް ކަމުދާ ގުޅުމަކަށް ވަނީ ވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް