ads
އެމްއެސް ދޯނީ
ދޯނީ އިންޓަރނޭޝަނަލް ކްރިކެޓުން ރިޓަޔާކޮށްފި
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، މަހިންދުރަ ސިންގް ދޯނީ، ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކޮށްފި އެވެ. ދޯނީގެ ރިޓަޔަމަންޓް އޭނާ އިއުލާންކުރީ ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައެވެ.

ދުނިޔޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެމްއެސް ދޯނީވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުގައި 2007 ވަނަ އަހަރުގެ ޓްވެންޓީ ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް އަދި 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް އަދި 2013 ވަނަ އަހަރު އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްދީފަ އެވެ. ދޯނީއަކީ އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަނެވެ.

ދޯނީގެ ރިޓަޔަމަންޓް އޭނާ އިއުލާން ކުރީ އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯ މެސެޖަކާއި އެކު އާއްމު ކުރި ކެޕްޝަނުންނެވެ. ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ކެރިއަރުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެއް އާއްމު ކުރިއިރު އޭގެ ކެޕްޝަންގައި އޭނާ ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 19:29 އިން ފެށިގެން އޭނާ ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކޮށްފިކަމަށް ބަލާށޭ އެވެ.

ދޯނީގެ ރިޓަޔަމަންޓް އިއުލާން ކުރުމާއި އެކު އެކި އެތްލީޓުން އަންނަނީ އޭނާއަށް ހެޔޮ އެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ވާދަވެރި ޕާކިސްތާނުގެ ކުރީގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށްވާ ޝަހީދު އަފްރީދީވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް