ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
އެގްޒެކިއުޓާސް ޖެނަރަލަށް ވެންޓިލޭޓަރު ގަންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާޔާއެކު އެއް ނޫން!
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލްކަން ވަޒަންކޮށްފައި ނުވާ ކަމަށާއި އެކުންފުންޏަށް 75 ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑްބްލިއުއެޗްއޯ) ގެ ލަފާ ވެސް ނުހޯދާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ(ނ) ގައި ބަޔާންކޮށްފައި ވަނީ، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު 35000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހުގައި ނަމަވެސް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލްކަން ވެސް ވަޒަންކޮށްފައި ނުވާ ކަމަށެވެ. 

އަދި އެ ފަރާތަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތުގެ ލިޔެކިއުންތަކާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.  

ރިޕޯޓުގައި ބުނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެ މަސައްކަތް ހަވާލުކުރުމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް 30 މާޗް 2020 ގައި ފޮނުވި ސިޓީގައި، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން، އެ އިދާރާގެ އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ހެލްތު މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އެކެއް އޭޕްރީލްގައި ފޮނުވި މެމޯގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައި ވަނީ، ހެލްތުގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި، ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީ-މެއިލް މެދުވެރިކޮށް ފޮނުވާފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު އެފަދަ މުއާމަލާތެއް ހިނގާފައިވާކަން އޮޑިޓް ރިޕޯޓުން ދައްކަ އެވެ. 

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ ބިޑް ކޮމިޓީގެ ޗެއާ ކޮމިޓީގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރަށް ފޯނުން ގުޅައި ވެންޓިލޭޓަރުތަކުގެ ލިސްޓެއް އޮންނާނެތޯ އާއި، އެ ލިސްޓް ހޯދާފައިވާ ގޮތް އޮޅުން ފިލުވިކަމަށާއި، އަދި އޮފިސަރު، ވަނީ ވެންޓިލޭޓަރު ތަކުގެ ލިސްޓެއް ދެއްވި ކަމަށް މައުލޫމާތު ދީފައި ކަމަށް ވެސް ބިޑްކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން ދިން މައުލޫމާތު:

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވަކި ސަޕްލަޔަރުންގެ ލިސްޓެއް ހެލްތު މިނިސްޓްރީއަށް ހިއްސާކޮށްފައި ނުވާ ކަމަށާއި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން ހިމެނޭގޮތުން، ވަކި ފަރާތަކުން ވެންޓިލޭޓަރު ގަތުމަށް އިރުޝާދުވެސް ދީފައި ނުވާ ކަމަށެވެ. އަދި އެގްޒެކިއުޓާސް ޖެނަރަލަކީ އެ އިދާރާއިން އެއްވެސް އިރެއްގައި ވިޔަފާރީގެ ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ވަނީ ވަކި ސަޕްލަޔަރެއްގެ އަތުން ތަކެތި ގަތުމަށް ، އެއްވެސް ފަރާތަކުން ރެކޮމެންޑޭޝަން ލިބުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖްރާތުތައް ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ދެއްކޭނެ ހުއްޖަތެއް ނޫންކަމަށެވެ.

ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު ގަތުމަށް ޖުމްލަ ހަވާލުކޮށްފައި ވަނީ 34،502،250 (ތިރީސް ހަތަރު މިލިއަން ފަސް ލައްކަ ދެ ހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް