ads
މިނިސްޓަރު މުހައްމަދު އަސްލަމް--
ވޯކާސް ވިލެޖެއް ތަރައްގީކުރަނީ
ދިވެހި މަސައްކަތްތެރިން އައިސް އުޅެވޭނެ ވޯކާސް ވިލެޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މޭލާގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓްތަކާއި އެތަންތަން އެޅޭނެ ތާރީހާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މިނިސްޓަރު އަސްލަމަށް ފަސް ސުވާލެއް ކުރައްވާފަ އެވެ. މިނިސްޓަރު ވަނީ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ވަރަށް ތަފްސީލީ ޖަވާބުތަކެއް ވެސް ދެއްވާފަ އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅުގައި ތަރައްގީ ކުރެވިގެންދާ އެ ވޯކާސް ވިލެޖަކީ ދިވެހި މަސައްކަތްތެރިން ވަކި އުމުރެއްގައި އައިސް ދިރިއުޅެވޭނެ ގޮތަށް ތަރައްގީކުރަމުންދާ ތަނެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިތަނަކީ އެއްވެސް ގޮތަކަށް ބަންގުލަދޭޝް ރައްޔިތުން ދިރިއުޅެން ހަދާތަނެއް ނޫން ކަމަށެވެ. 

"ވޯކާސް ވިލެޖް އަޅުގަނޑު ދައްނަވާލަން ބޭނުން، އެތަނަކީ އެއްވެސް ގޮތަކަށް ބަންގްލަދޭޝް ރައްޔިތުން ދިރިއުޅެން ހަދާ ތަނެއްނޫން. އެއީ އެކަނި އައިސް، އެމީހާގެ ވަކި އުމުރެއްގައި މަސައްކަތް ކުރަން ވަކިތަނެއްގައި ހުރެފައި އެކަނި އުޅެލާފަ މަސައްކަތް ކުރަން އުޅޭމީހާއަށް އުޅެވޭގޮތަށް ހަދާ ތަނެއް،"

ރިސޯޓްތަކުގައި ވެސް މީހުން އެގޮތަށް ދިރިއުޅޭ ކަމަށާއި އެހެންނަމަވެސް އެގޮތަށް ގޮސް ވޯކާސް ވިލެޖްގައި އުޅެވޭނީ ވަކި އުމުރެއްގެ ބަޔަކަކަށް ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެމީހުންގެ އުމުރެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

your image

އެގޮތުން މިތަނުގައި ހަތަރު މީހުންގެ ޖާގައިގެ ކޮޓަރިތައް ފާހާނާއާއިއެކު ތަރައްގީކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރެހުމުން ފެންނަ ސީ ބްލޮކްތަކަކީ ވޯކާސް ވިލެޖެތައް ކަަމަށާއި އަނެއް ބަޔަކީ ހައުސިން ޔުނިޓްގެ ބައިތައް ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ގުޅީފަޅު ސަރަހައްދުގައި ތަރައްގީ ކުރެވޭ ރޯހައުސް އަދި ފްލޯ ޕުލޭނެއް އިންނާނެ ގޮތަވެސް ދައްކާލާފަ އެވެ. އެ މަޝްރޫއުގެ ކުރެހުން ހިއްސާ ކުރަމުން މިނިސްޓަރު ވަނީ އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭނެ ތަންތަނުގެ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ. 

"އެގޮތުން ކުރެހުމުން އޮރެންޖު ކުަލައިން ފާހަގަ ކޮށްފައިވާ ސަރަހައްދަކީ ޕްރޮޕޯސްޑް ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ކަޑައަޅާފައިވާ ސަރަހައްދު. ދެން އެ ސަރަހައްދުގައި އަޅުގަނޑު މި ދަންނަވާ 1200 ޕްލޮޓެއްގެ ވާހަކަ މިދައްކަނީ. ދެން ބާކީއޮތް ބޮޑުކޮށް ހުސްކޮސްފެންނަ ނޯތްއީސްޓް ސައިޑުން ފެނިވަޑައިގަންނަވަނީ އެއީ ޕޯޓް ސަރަހައްދު. "

your imageގުޅީފަޅު ސަރަހައްދުގައި ތަރައްގީ ކުރެވޭ ޓިޕިކަލް ރޯހައުސް---

މިނިސްޓަރު ވިދާޅުވީ ދެންއެއާ ގުޅިގެންވާ ސަރަހައްދަކީ ގުދަންކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް އަދި އެޒާތުގެ ކަންތައްތައް ކުރުމަށް ތަރައްގީކުރެވޭނެ ސަރަހައްދެއް ކަމަށެވެ. އަދި އެތެރޭގައިވާ ހާބަރަކީ އިނާ ހާބަރެއް ކަމަށާއި، މިހާރު މާލޭގެ ނޯތް ހާބަރު ސަރަހައްދުގައި ހުރި ހުރިހާ ފަންކުޝަނެއް ގުޅީފަޅަށް ބަދަލުކޮށް އެތަނުގައި ހޯލްސޭލް ފިހާރަތަކާއި އަދި ރަށްރަށުން އަރާ ފުރުން އެތަނުން ހިނގާނެކަމަށެވެ މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ މާލޭ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށް ވާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓްގެ 6720 ހައުސިންގް ޔުނިޓާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުން 3848 ހައުސިން ޔުނިޓާއި ސީއެމްއީސީގެ 1344 ހައުސިން ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2375 ހައުސިންގް ޔުނިޓެކެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކައުންސިލް ހައުސިން، އެފޯޑަބަލް ހައުސިންގް އަދި އެއަށްވުރެ މަތީ ފެންވަރުގެ މީހުން ދިރިއުޅެން ބޭނުންވާ ހައުސިން ޔުނިޓްތައް ބޭނުންވާ މިންވަރު މަޖިލީހުގައި ހިއްސާކުރައްވާފަ އެވެ. އެ މިންވަރުތައް ކަނޑައަޅާފައިވަނީ މީހުންނަށް ލިބޭ އާމްދަނީގެ ނިސްބަތަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެގޮތުން ކައުންސިލް ހައުސިންނަށް ބޭނުންވާ 1336 މާލޭ ރައްޔިތުން ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 3137 މީހަކު ކައުސިލް ހައުސިން ބޭނުންވެ އެވެ. އަދި އެފޯޑަބަލް ހައުސިން ބޭނުންވާ 2138 މާލޭ މީހަކު ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 2916 މީހަކަށް އެފޯޑަބަލް ހައުސިން ބޭނުންވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް