ads
ޖަޕާނުން ރާއްޖެއަށް 43 މިލިއަނުގެ އެހީ ފޯރުކޮށްދިނުން--
ޖަޕާނުން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ ސާމާނު ފޯރުކޮށްދީފި
ކަނޑުތައް ސާފުކޮށް ބޭއްވުމަށް ޖަޕާނުން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ ސާމާނު ފޯރުކޮށްދީފި އެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާ މިއަދު އެތަކެތި ހަވާލު ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއެވެ.

މި ތަކެއްޗަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު 2018 ވަނަ އަހަރުވެފައިވާ "އެކްސް ޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގެ ދަށުން ހަދިޔާކުރަން ނިންމާފައިވާ ތަކެތި ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އިން ބުނެ އެވެ. 

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަށް އޮއިލް ބޫމް އާއި އަށް އޮއިލް އެބްސޯބަންޓް ބޫމް އާއި ހަތަރު ކްރޭން ޓްރަކް ފަދަ ސާމާނެވެ. 

ކަނޑަށް ތެޔޮ އެޅިއްޖެނަމަ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ސާމާނު ރާއްޖެއަށް ޖަޕާނުން ފޯރުކޮށްދިންއިރު މީގެ ކުރިން ވެސް ކޮވިޑް-19 ގެ ހަލާތުގައި މިކަމުން އަރަައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެގައުމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް