ads
ތ. ވިލުފުށި--
ވިލުފުށީގައި ދެ އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ތ. ވިލުފުށީގައި ދެ އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމަތު ދެއްވަމުން ވިލިފުށީ ކައުންސިލާ އުމަރު ޒަމީރު ވިދާޅުވީ ވިލުފުށީގައި ދެ އަހަރުގެ އަންހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިއްބާކަމަށެވެ.

 ކުއްޖާގެ ސާމްޕަލް ނެގިފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އޭގެ ފަހުން މިއަދު މެންދުރު ފަހު ނަތީއްޖާ ލިބުނުއިރު ކުއްޖާ ޕޮޒިޓިވްކަން އެގިފައިވާ ކަަމަށެވެ.  

ކައުންސިލާ އުމަރު ޒަމީރު ވިދާލުވީ ރަށް އަދި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވާކަމަށެވެ. އަދި މީގެ ކުރިން ރަށުގެ އިތުރު މީހަކާއި އެކުއްޖާ ބައްދަލުވެފައި ނުވާކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް