ads
ލޯންޗަކާއި ދޯންޏެއް ޖެހި ހިގި އެކްސިޑެންޓް--
ކަނޑުމަތީގެ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
މަސްވެރިކަމަށް ނިކުމެ އުޅުނު ލޯންޗަކާއި ދޯންޏެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބުނީ މަސްވެރިކަމަށް ނިކުމެ އުޅުނު "އަލީ ޝާހް" ނަމަކަށް ކިޔާ ލޯންޗަކާއި "އިރު ސަޕްލައި" ދޯނި ޖެހި އެކްސިޑެންޓް ވެފައިވަނީ ކ. މާފުށި ކާރިން ކަމަށެވެ.

އަދި މިހާދިސާގައި ލޯންޗްގައި ހުރި މީހަކަށް އަނިޔާވެފައިވާއިރު އޭނާގެ ބޮލަށާއި ކޮނޑުހުޅަށް ވަނީ އަނިޔާތައް ލިބިފަ އެވެ. 

އެމްއެންޑީއެފުން ބުނީ މާފުށީ ލޯންޗެއްގައި އަނިޔާވި މީހާ މިހާރު މާލެ ގެނެސް، އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 06:50 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް