ads
އިންޑޮނޭޝިއާގެ ސައުތު ސުމަތުރާ---
އިންޑޮނޭޝިއާގެ ސުމަތުރާ އަށް 6.6 ބާރުމިނުގެ ބިންހެލުމެއް
އިންޑިނޭޝިއާގެ ސުމަތްރާއަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

ބޭރުގެ ރިޕޯޓްތަށް ބުނާގޮތުން ބިންހެލުން އެންމެ ފުރަތަމަ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި 6.6 މެގްނެޓިއުޑްގެ ބާރުމިނުގައި އިންޑޮނޭޝިއާގެ ނޮދާން ސްމަތުރާ އަށެވެ.

ނޮދަން ސުމަތުރާއަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން އާފްޓަ ޝޮކިން (ބިންހެލުމުގެ ފަހުން އަންނަ ލޮޅުންތައް) ކުރިއަށް އޮތް ދުވަސްތަކުގައި އެކި ސަރަހައްދުތަކަށް އަންނަމުންދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ. އިއްޔެ ބިން ހެލުން އައިސްފައިވަނީ 2007 ވަނައަހަރުގެ ސެޕްޓެމްބަރު 12 ވީ ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުންވެސް އައި ސަރަހައްދުތަކަށެވެ.

އެގޮތުން ބިންހެލުމަށް ފަހު އިއްޔެއާއި މިއަދުވެސް އާފްޓަ ޝޮކިންގެ ރިޕޯޓްތައް ކުރެވިފައިވާކަމަށް އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އެޖެންސީން ހާމަކޮށްފައިވާ މައުލޫމާތު ތަކުން ދައްކައެވެ.

އެ އެޖެންސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާގެ ސައުތު ސުމަތްރާއަށް މިއަދުގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއްގެ އިހްސާސްކުރެވިފައިވެއެވެ. އެއީ އެ ސަރަހައްދުގެ 10 ކިލޯ މީޓަރުއަޑިން 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. 

މި ބިންހެލުމުގެ އަސަރު އެ ސަރަހައްދުގެ ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ކުރެވިފައި ވީނަމަވެސް ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައި ނުވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަތުވެދާނެކަމަށް ނުބެލެވޭކަމަށް ވެސް އެ އެޖެންސީއިން ބުނެއެވެ. 

އިންޑޮނޭޝިއާގެ ސުމަތުރާއަށް މީގެ ކުރިންވެސް ނުރައްކާތެރި އެތައް ބިންހެލުމެއް އައިސްފައިވެއެވެ. އަދި މި ބިންހެލުންތަކުގައި ލައްކައަކަށް ވުރެގިނަ މީހުން ވަނީ މަރުވެފަ އެވެ. 

އެގޮތުން 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އައި ނުރައްކާތެރި ބިންހެލުމުގައި ރާއްޖެއަށްވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު 9.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ސުނާމީގެ ސަބަބުން އިންޑިއަން އޯޝަންގެ 226,000 ވުރެ ގިނަ މީހުން މަރުވިއިރު އިންޑޮނޭޝިއާއިން އެކަނިވެސް 126,000 މީހުން މަރުވެފައިވެއެވެ.   

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މިއަދު އިން ހާމަކޮށްފައިވާ މުސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ ތެރޭގައިވެސް ސުމަތުރާއަށް ބިންހެލުމެއް އައިސްފައިވާކަމަށް ބުނެފައިވެ އެވެ. މެޓުން ބުނީ ބިންހެލުން ރިޕޯޓްކުރެވިފައިވަނީ 6.8 ރެކްޓާސްގެ ބާރުމިނުގައި ރޭ ދަންވަރު 3:23 ހާއިރު ކަމަށެވެ.

އެހެންނަމަވެސް ސުމަތުރާއަށް އައިސްފައިވާ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް މެޓް އިން ބުނެއެވެ.

ރާއްޖޭގެ މޫސުން މިއަދުގެ ހެނދުނު 10:00 އަކުން މާދަމާގެ ހެނދުނަށް މެޓުން ލަފާކޮށްފައިވާ ގޮތަށް ބާލައިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެއެވެ.

އަދި އުތުރުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުއުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 10  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ ކަނޑުތައް މަޑު ވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓް ގައި ކަމަށް އެއިދާރާއިން މައުލޫމަތު ދެއެވެ.

އެހެންނަމަވެސް އެ އިދާރާއިން ބުނީ ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް