ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ދެ ފަހަރަށް ފައިސާ ކެނޑޭ މައްސަލަ ހައްލުކުރަން ދަނީ މަސައްކަތް ކުރަމުން: ބީއެމްްއެލް
ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑޭ މައްސަލައެއް ފާހަގަކުރެވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފި އެވެ.

ބީއެމްއެލްގެ ބައެއް ކަސްޓަމަރުން ވަނީ އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑެމުންދާ މައްސަލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭންކުގެ ސަމާލުކަމަށް ގެނެސް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ބޭންކުން ކުރި ޓްވީޓެއްގައި ބުނީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާކަން ބޭންކަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތަށް ދިމާވި މައްސަލަ މިހާރު ހޯދިފައިވާ ކަމަށާއި އަދި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.

އަދި އެކަމާއި ގުޅިގެން ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް