ads
ޝަކީރާ އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ--
ޝަކީރާ އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭވެސް ރާއްޖޭގައި
ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ރާއްޖެއަށް 5000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ކޮވިޑްގެ ހާސްކަމަށްފަހު ހިތްހަމަޖައްސާލާ ޗުއްޓީ ހޭދަކޮށްލުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި އޭނާގެ ލޯބިވެރިޔާ އަދި، މަޝްހޫރު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭވެސް އިހްތިޔާރު ކުރީ ރާއްޖެއެވެ.

ޝަކީރާ ނިއުސްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ޝަކީރާއާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދަނީ ކ.އަތޮޅު ވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓްގައި ކަމަށެވެ.

ޝަކީރާ އާއި ޕީކޭ އަދި ކައިވެންޏެއް ކޮށްފައި ނުވިނަމަވެސް މިދެމީހުންގެ ދެކުދިންތިބެއެވެ. މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީވެސް މި ދެ ކުދިންނާއިއެކީގައެވެ.

ޝަކީރާ އާއި ޕީކޭ ގެ ދެކުދިންނާއިއެކު ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ރޭ 10:00 ޖެހިއިރު ޕްރައިވެޓް ޖެޓެއްގައި ކަމަށް ޓްވީޓްގައިވެއެވެ.

އެނގިފައިވާ ގޮތުގައި މި ދެ ތަރިން ރާއްޖޭގައި 10 ދުވަހު ޗުއްޓީއެއް ހޭދަކުރާނެ އެވެ.   

މިލިއަނެއްހާ މީހުންގެ ފޭންބޭސްއެއް އޮންނަ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ޝަކީރާ އާއީ އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދެ ސެލެބްރިޓީންނެވެ. ޝަކީރާ އާންމުންގެ މެދުގައި އެންމެ މަގުބޫލްކަން ހޯދާފައިވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތީމް ލަވަ "ވައްކާ ވައްކާ" މި ލަވަ އިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް