ads
ފޮޓޯ އިންޑިއަން ހައިކޮމިޝަން
ކޮޗިން އިން މުދާ ފެރީ އަންނަ މަހު ރާއްޖެ އަންނަނީ
އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން އަންނަ ފުރަތަމަ ފެރީ އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ އަންނާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
Advertisement

ކޮޗިންނާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިންޑިއާގެ ކޮޗިން އިން ދިވެހިރާއްޖެއަށް މުދާ ހިފައިގެން އަންނަ ފުރަތަމަ ފެރީ އަން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ހަފްތާގައި ސީދާ ރާއްޖެއަށް އަންނާނެ ކަމަށެވެ. އެ ފެރީ އޮޕަރޭޓް ކުރަނީ އިންޑިއާ ޝިޕިން ކޯޕަރޭޝަނުން ކަމަށްވެސް އިންޑައަން ހައިކޮމިޝަނުން ބުނެއެވެ.

ކޮވިންއާއި ރާއްޖެއާއި ދެމެދު ފެރީގެ ހިދުމަތް ފެށުމަށް މިމަހުގެ 13 ވަނަ ދުވަހު ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެކަމާއި ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުއްޓަށެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއްް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު، އިންޑިއާގެ ކޮޗިންއާ ހދ. ކުޅުދުއްފުއްޓާއި ދެމެދު ޕަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް