ads
ވިލުފުށި--
ހުއްދަ ނުހޯދާ ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނުހޯދާއި ތ. ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް ނަގަން ޖެހޭ ހުއްދަ ނުނަގާއި މާލެއިން ވިލުފުއްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކޮވިޑާއި ގުޅިގެން މާލެ އިން އެހެން ރަށަކަށް ދެވެނީ އެޗްޕީއޭގެ ހުއްދަ ނަގައިގެން ރަށުގައި ހޯމް ކަރަންޓީނުވާނެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް ފަހެވެ. އެކަމަކު މީގެ ކުރިން ވެސް ހުއްދަ ނުހޯދާއި އެކި ރަށްރަށަށް ދިޔަ މައްސަލަތަކާއި ގުޅިގެން މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް