ads
ރައުދު
ރައުދުގެ އިސްތިއުނާފު މިއަދު ފަށަނީ
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ބަންދުގެ މައްސަލައިގެ އިސްތިއުނާފު މިއަދު މެންދުރު ފަހު ފަށަން ތާވަލުކޮށްފިއެވެ.
Advertisement

ރައުދުގެ އިސްތިއުނާފު ޝަރީއަތް ފަށަން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު ފަހު 1:15 ގައެވެ. ހައިކޯޓުގެ ކަލަންޑަރު ދައްކާ ގޮތުން މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ މުހައްމަދު ފައިސަލް، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީއެވެ. 

މިހާރު އުމުރުން 22 އަހަރުގެ ރައުދުގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް، އޭގެފަހުން ފަސްދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފާ އެވެ.

ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ނެރުނު އަމުރެވެ. އިސްތިއުނާފު މައްސަލާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ހިލާފަށްކަމަށެވެ.

ރައުދުގެ ބަންދަށް ފަސްދުވަސް ޖެހި ދުވަހު ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ. ފުލުހުން އެހެން އެދުމުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނުމުން ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް