ads
ސ. ފޭދޫ ސްވިމިންގް ޓްރެކް--
ފޭދޫ ސުވިމިން ޓްރެކްގެ މަސައްކަތް ނިންމާލައިފި
ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ސ. ފޭދޫ ސްވިމިންގް ޓްރެކްގެ މަސައްކަތް ނިންމާލައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޔޫތް މިނިސްޓްރީގެ މިޑިއާ އޮފިޝަލް ވިދާޅުވީ މި މަސައްކަތަކީ ޔޫތް މިނިސްޓްރީން ސްވިމިން އެސޯސިއޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއްކަމަށެވެ.

މި މަސައްކަތަށް 763،700 ރުފިޔާ ހޭދަވެފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ފޭދޫ ސްވިމިން ޓްރެކްގެ މަސައްކަތްތައް ކޮވިޑް-19 އަށް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށިފައިވާ ކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ ފޭދޫގެ ސްވިމިން ޓްރެކްގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެން ދިޔައީ ކޮވިޑްއާ ގުޅިގެން ދަތުރުކުރުމަށް ހުރި ހުރަސްތަކާއި ގުޅިގެން ކަމަށެވެ.

އަދި މީގެ އިތުރުން މިމަސައްކަތައް ރަށުގެ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އައްޑޫ ޒުވާން ވޮލެންޓިއަރުންނަށާއި އެރަށު ފުލުހުންގެ އިތުރުން ރަށު ކައުންސިލް އަށާއި ފޭދޫ ޔޫތް ސެންޓަރު އަދި އައްޑޫ ސިޓީ ފޭދޫގެ މަޖިލިސް މެންބަރަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ފޭދޫގައި ތަރައްގީ ކުރި ސްވިމިން ޓްރެކަކީ ފޭދޫ ރައްޔިތުންގެ އެތައް ދުވަހެއްގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިއުންކަން ރައްޔިތުން ފާހަގަ ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް