ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖާބިރު ހުށަހަޅުއްވަނީ
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު މަޖިލީހަށް ވެއްދުމަށްޓަކައި ޖާބިރު މިހާރު މަަސައްކަތް ފައްޓަވާފައިވާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހަޅުއްނީ ރިޔާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮ ގޮތުގައި ނުހިންގޭތީ ކަމަށް ވިދާޅުވެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖާބިރު މަޖިލީހަށް ހުށަހަޅުއްވަން ނިންމެވިއިރު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ އެ ނިޒާމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. 

އެގޮތުން މި ފަހުން ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނޫ އަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

އަދި އަބަދުވެސް ގަބޫލުކުރައްވަނީ ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް