ads
ސެމްސަންގުގެ އެންމެ ފަހުގެ ފޯނުތައް--
ގެލެކްސީ ނޯޓް 20 އާއި 20 އަލްޓްރާ 5ޖީ ޕްރީއޯޑަރަށް ދިރާގުން ހުޅުވާލައިފި
ސެމްސަންގުގެ އެންމެ ފަހުގެ "ގެލެކްސީ ނޯޓް 20" އާއި "އަލްޓްރާ 20 5ޖީ" ޕްރީއޯޑާ ކުރުމަށް ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެ ދެ މޮބައިލް ފޯނަށް ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. 

މި ފޯނުތަކަށް ޕްރީއޯޑާ ކުރެވޭނީ https://www.dhiraagu.com.mv/Samsung_Galaxy_Note_20_5G_20_Ultra_5G.aspx އިންނެވެ.

މިއީ ސެމްސަންގުގެ އެންމެ ފަހުފެ ފްލޭގްޝިޕް ފޯނުތަކެއް ކަމަށް ދިރާގުން ބުނެ އެވެ. އަދި އެ ކުންފުނި މެދުވެރިކޮށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ހިލޭ 10ޖީބީ ޑޭޓާ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ. 

އޭގެ އިތުރުން "ގެލެކްސީ ނޯޓް 20" ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި "އަލްޓްރާ 20 5ޖީ" ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. 

ދިރާގުން ބުނެފައި ވަނީ މި ދެ ފޯނުގައި ވެސް އެ ކުންފުނީގެ އީސިމް ބޭނުން ކުރެވޭނެ ކަމަށެވެ.  

ދިރާގުން ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު ދެ ކުލައެއްގައި ލިބިގެން ދާނެއެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ.

ނޯޓް 20 އަލްޓްރާ 5ޖީ، މިސްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެއެވެ. މި ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުއެވެ. 

ސެމްސަންގުން ހާމަ ކުރާ ގޮތުގައި މި ދެފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެކަމަށާއި މި ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވަރ ޔޫސަރސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެއެވެ. 

މީގެ އެއް ހެއްކަކީ މީ ފޯނު ތަކުގެ ޑިސްޕްލޭ ތަކެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ. 

އެއް ފަހަރާ ފައިސާ ދައްކައިގެން ގެލެކްސީ ނޯޓް ގަންނަ ނަމަ އަގަކީ 19،199 ރުފިޔާ އެވެ. އަދި ނޯޓް20 އަލްޓްރާ 5ޖީ ގެ އަގަކީ 24،199 ރުފިޔާ އެވެ. 

އޭގެ އިތުރުން ދިރާގުގެ ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނެއް ވެސް އެ ކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ. 

އެގޮތަށް ގަންނަ ނަމަ ގެލެކްސީ ނޯޓް 20 ގެ ފުރަތަމަ ޕޭމަންޓަށް 3،499 ރުފިޔާ ދެއްކުމަށް ފަހު، ދެން ދައްކަން ޖެހޭނީ މަހަކު 1،549 ރުފިޔާ އެވެ. 

އަދި ނޯޓް20 އަލްޓްރާ 5ޖީ އަށް ފުރަތަމަ މަހު 3،999 ރުފިޔާ ދެއްކުމަށް ފަހު ދެން މަހަކު ދައްކަން ޖެހޭނީ 1،989 ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް