ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިންޑިއާގައި ބޮމުގެ ހަމަލާއެއް ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު އިސްލާމިކް ސްޓޭޓުގެ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިއްލީގެ ފުލުހުން އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. 

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަބްދުލް ޔޫސުފް ހާން ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރިއިރު އޭނާގެ އަތުން ވަނީ ދެ އައިއީޑީ ވެސް ފެނިފަ އެވެ. 

އޭނާ ހައްޔަރުކުރުމަށް ފުލުހުން އެ ސަރަހައްދަށް ދިޔައީ ނޭޝަނަލް ސެކިއުރިޓީ ގާޑުންނާއެކު އެވެ. އެގޮތުން އެ އައިއީޑީ ނުގޮވާ ގޮތަށް ހެދުމުގެ މަސައްކަތް ވެސް އެމީހުން ވަނީ އެ ސަރަހައްދުގައި ކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޕްރަމޯދު ކުޝްވަހާ ވިދާޅުވެފައި ވަނީ ދިއްލީއަށް ހަމަލާދޭން އޭނާ މަސައްކަތްކޮށްފައި ވަނީ އެކަނި ކަމަށެވެ. 

އަދި ހައްޔަރުކޮށް ތަހުގީގީ މަރުހަލާ މިހާރު ފަށާފައިވާއިރު އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ތަހުގީގީ މަރުހަލާގެ ތެރޭގައި ވެސް މަކަރާއި އޮޅުވާލުންތައް އޭނާ އޮޅުވާލަމުން އަންނައިރު އެއީ ކޮން ތަނެއްގައި އުޅޭ މީހެއްކަން ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށްކަން ފާހަގަކުރެ އެވެ. 

ތަހުގީގަށް އޭނާ ވަނީ ތިން ތަނެއްގެ ނަންދީފަ އެވެ. އުއްތަރު ޕްރެދޭޝްގެ ދެ ސަރަހައްދަކާއި އުއްތަރަކާންދެވެ. މިހާރު އެ ތަންތަން ވެސް ބަލަމުން އަންނަކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ދިއްލީގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު ބައެއް ނޫސްތަކުގައި ބުނާ ގޮތުގައި އޭނާ ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ އަޔޯދިޔާގައި ރާމް ފައްޅި އަޅަމުން އަންނަ ތަނަށެވެ. އެތަނަކީ ކުރިން ބާބްރީ މިސްކިތް ހުރި ބިމެވެ. އެކަމަކު މިމަހުގެ ކުރީކޮޅު އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އެތަނުގައި ފައްޅިއެއް އެޅުމަށް ބިންގާ އަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް