ads
ކްރިތީ އާއި ސަންޖޭ--
ސަންޖޭ ބުނީ ކްރިތީ އޭނާގެ 309 ވަނަ ލޯބިވެރިޔާއަށް ހަދަން ތައްޔާރު ކަމަށް!
ބޮލީވުޑުގެ އެކްޓަރެސް ކްރިތީ ސެނޮން 309 ވަނަ ލޯބިވެރިޔާއަށް ހަދަން ތައްޔާރު ކަމަށް ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ބޮލީވުޑުގެ އެކްޓަރެސް ކްރިތީ ސެނޮން 309 ވަނަ ލޯބިވެރިޔާއަށް ހަދަން ތައްޔާރު ކަމަށް ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.

ކޮމެޑީ ޝޯއެއްގެ ތެރެއިން ޕްރެޒެންޓަރު ކުރި ސުވާލަކާ ގުޅުވާލާ ސަންޖޭ ބުނީ ފިލްމުގައި ކްރިތީގެ އެކްޓިން ކަމުދާތީ ކްރިތީ އޭނާގެ 309 ވަނަ ލޯބިވެރިޔާއަށް ހަދަން ތައްޔާރު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވާއިރު ގިނަ ބަޔަކު މިހާރު ތިބީ ކްރިތީ އާއި ސަންޖޭގެ އަންހެނުން ބުނާނެ އެއްޗެއްގެ އިންތިޒާރުގަ އެވެ.

"ޕަނީޕަތު" އަކީ ކްރިތީ އާއި ސަންޖޭ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގައި އެ ދެ ފަންނާނުންގެ އިތުރުން އަރްޖުން ކަޕޫރު ވެސް ފިލްމުގައި ފެނިގެން ދާނެ އެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ "ކަލަންކް" އިންނެވެ. ސަންޖޭ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "މުންނާ ބާއީ" އާއި "ސަދަކް" އާއި "ގުމްރާހް" އާއި "ނާމް" އަދި "ސާޖަން" ހިމެނެ އެވެ.

ކްރިތީ ބޮލީވުޑަށް ތައާރަފްވެފައި ވަނީ "ހީރޯޕަންތީ" އިންނެވެ. އޭނާ ވަނީ މި އަހަރު ނެރުނު ފިލްމުތަކެއް ކަމަށްވާ "ލުއްކާ ޗުއްޕީ" އާއި "ކަލަންކް" އަދި "ހައުސްފުލް 4" އިން ފެނިގެންގޮސްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް