ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް ހަވާލުކޮށް ނިމިއްޖެ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް ހަވާލުކޮށް ނިމިއްޖެ އެވެ.

ވެހިކަލްތައް ހަވާލުކޮށް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާ ސަފީރު ސަންޖޭ ސުދީރާއި، މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. 

ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ވެހިކަލާއި، މެޝިނަރީ ހޯދާފައި ވަނީ އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދިން އަށް މިލިއަން ރުފިޔާއިންނެވެ. 

މިއަހަރުގެ ފެބްރުއަރީ މަހު މީގެ ތެރެއިން ބައެއް ވެހިކަލްތައް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް ސިޓީ ކައުންސިލަށް ވަނީ ހޯދާފަ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ހިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މޭޔަރު ޝިފާ ވަނީ ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެއްވާފައިވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. 

މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ 2019 ވަނަ އަހަރު މާޗް މަހު އިންޑިއާއިން އިއުލާންކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް