ads
ލ. ގަން ކޮވިޑް-19 ފެސިލިޓީ/ ފޮޓޯ:ލ. ގަން ރީޖަނަލް ހޮސްޕިޓަލް
މާލޭ ހޮސްޕިޓަލުތަކުން ކޮވިޑަށް ހާއްސަ އެނދުތަކުގެ 62 ޕަސަންޓު ފުރިފައި
ކޮވިޑް-19 ބަލި މީހުންނަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުން ކަނޑައަޅާފައިވާ އެނދުތަކުގެ 62 ޕަސަންޓު ފުރިއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އެނދުތަކުގެ 62 ޕަސަންޓު ފުރިފައިވާ ކަމަށެވެ. 

ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑަށް ހާއްސަ ބައިތައް ހިމެނޭ ގޮތަށް މި ބަލީގެ މީހުންނަށް ހުރީ 200 އެނދެވެ. 

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ވަގުތު 169 މީހަކަށް ފަރުވާދެމުން ދަނީ އެޑުމިޓުކޮށްގެންނެވެ. ރާއްޖެއިން ޖުމްލަ 6660 މީހުންނަށް ބަލި ޖެހިފައިވާއިރު، 4113 މީހުން ވަނީ ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް