ads
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ހެދުމަކީ ކަންބޮޑުވާ ކަމެއް: އަލީ ހުސައިން
މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ގާނޫނަށް ގެންނަ އިސްލާހު ތަކަކީ ނަޒާހަތްތެރި ކަމެއް ނެތް ނިންމުން ތަކެއް ކަމަށް ރައޔްިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިނިވަން  މުއައްސަސާ  ތަކުގެ  ވެރިންނަށް  ވިޔަފާރި  ކުރެވޭގޮތަށް  ގާނޫނުތަކަށް ގެންނަން  ހުށަހަޅާފައިވާ  ބަދަލުތަކަކީ  ނަޒާހަތްތެރި  މަޖިލީހަކުން  ފާސްކުރާ  ކަހަލަ  ކަންކަމެއް  ނޫންކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހަކަށް ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އަދި ވިޔަފާރިތަކުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް މަނާ ކަމެކެވެ.މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް ވިޔަފާރި ތަކުގައި ބައިވެރިވުމަކީމަނާކަމެކެވެ.

އެހެން ނަމަވެސް ބައެއް މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނާއި މުވައްޒަފުން ވިޔަފާރި ކުރާކަމުގެ ވާހަކަތައް ފެންމަތިވެފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ވަނީ ނިންމާފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނާއި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނަށްވެސް ވިޔަފާރިކުރުމައި ވިޔަފާރީގައި ބައިވެރިވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމެޓީން ވަނީ އިސްލާހު ކޮށްފައިވެއެވެ.

އޭސީސީގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތްކޮށް މިނިވަން މުއައްސަސާ ކޮމިޓީން ގެނައި ބަދަލުތަކާއެކު މިމަހުގެ 22 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް