ads
ބަޔާން މިއުނިކް- ޔޫރަޕުގެ ޗެމްޕިއަނުން
ޔޫރަޕުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް
ފްރާންސްގެ ޕެރިސް ސެއިންޓ ޖެމެއިން- ޕީއެސްޖީ ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ. މިއީ ބަޔާނުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ޕީއެސްޖީ ބަލިކޮށް ބަޔާން މިއުނިކުން ޗެމްޕިއަންކަން ހޯދީ، ރޭ ކުޅުނު މެޗު އެއް ލަނޑުން ކާމިޔާބުކޮށްގެނެވެ. މެޗުގެ ހަމަ އެކަނި ލަނޑު ދެވަނަ ހާފުގެ ތެރޭގައި ޖެހީ ކިންގްސްލީ ކޯމަން އެވެ. މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ.

ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި އެކު އެ ޓީމަށް މި ސީޒަނުގައި ''ޓްރެބަލް" އެއް ހާސިލުކުރެވުނީ އެވެ. އެއީ ޖަރުމަން ލީގާއި ޖަރުމަން ކަޕް ހޯދައިގެންނެވެ. މީގެ އިތުރުން މުބާރާތުގައި ކުޅުނު 11 މެޗު ވެސް ކާމިޔާބުކުރުމާ އެކު ބަޔާން މިއުނިކް ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ތަށި ހޯދި ފުރަތަމަ ޓީމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް