ads
ފޮޓޯ- މަޖިލިސް
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ފޮނުއްވި ނަންތައް ކޮމިޓީއަށް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަނު ކުރުމަށް ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ: 

  1. މަރިޔަމް ލައިޒާ، ހ. ފެހިއާލާ
  2. އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ ވާދޫ
  3. ޑރ އަދުހަމް އަބްދުﷲ، މއ.މާވެޔޮގެ
  4. އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ، ސ. ފޭދޫ
  5. ހުސައިން އަމްރު، ވ. ރޯޝަން
  6. މޫމިނާ ވަހީދު، މ.ޖިއެނާ
  7. އަޒްލީމާ އަހުމަދު، ދަފްތަރު ނަމްބަރު ރސ 341-94
  8. މުހައްމަދު ފައުޒީ، ބަހާރުމާގެ، ގއ.ވިލިގިލީ

ކޮމިޓީ މަރުހަލާގައި އިންޓަވިއު ކުރުމަށް ފަހު، ފާސްވާ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. މެމްބަރުން އައްޔަނު ކުރާނީ ތަޅުމުން ރުހުން ލިބިގެންނެވެ. 

އެޗްއާރްސީއެމްގެ ތިން މެމްބަރަކު މަގާމުން ވަކިކުރަން އުޅުމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އިތުރު މެމްބަރެއްގެ ދައުރު ސެޕްޓެމްބަރު ގައި ހަމަވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް