ads
ސަންޖޭ ދަތު--
ސަންޖޭ ދަތު ކެންސަރަށް ފަރުވާ ކުރުމަށް އެމެރިކާއަށް ފުރަނީ
ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތު ފަރުވާއަށް އެމެރިކާއަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ސަންޖޭ ދަތަށް މިހާރު ފަރުވާދެމުން ދަނީ މުމްބާއީގެ ހޮސްޕިޓަލެއްގަ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވީ އެންމެ އަވަހަކަށް އެމެރިކާއަށް ފުރުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. 

އެކަމަކު 1993 ވަނަ އަހަރު މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސަންޖޭ ދަތަށް ވެސް ހުކުމެއް އައިސްފައި ވާތީ، ވިސާ ހޯދަން ވަނީ ދަތިވެފައިވާ ކަމަށް ވެއެވެ. 

ނަމަވެސް ގާތް ރަހުމަތްތެރިއެއްގެ އެހީގައި ސިއްހީ ފަރުވާ ހޯދުމަށް ފަސް އަހަރުގެ މެޑިކަލް ވިސާއެއް ލިބިފައިވާ ކަމަށް ވެއެވެ. 

އެހެންކަމުން އަންހެނުން މާނަޔަތަ އާއި ކޮއްކޮ ޕްރިޔާ އާއެކު ނިއުޔޯކަށް ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ސަންޖޭ ދަތު ދާނީ އޭނާގެ މަންމައަށް ވެސް ފަރުވާކުރި ހޮސްޕިޓަލަށެވެ. 

ސަންޖޭގެ މަންމަ ނަރްގިސް ވެސް ވަނީ 1980 އާއި 1981 ގައި ކެންސަރާ ހަނގުރާމަކޮށްފަ އެވެ. އޭނާ ފަރުވާ ހޯދި ހޮސްޕިޓަލުން ބޮލީވުޑުގެ އެހެން ބައެއް ތަރިން ވެސް ފަރުވާ ހޯދާފައި ވެއެވެ. އޭގެ ތެރޭގައި ރިޝީ ކަޕޫރާއި، މަނީޝާ ކޮއިރަލާ އަދި ސޮނާލީ ބެންދްރޭ ހިމެނެ އެވެ.

އެމެރިކާއަށް ދިޔުމަށް ސަންޖޭ ދަތަށް ހުރަސްތަކާ ކުރިމަތިވެއްޖެ ނަމަ ދެން ފަރުވާ ހޯދަން ނިންމާފައި ވަނީ ސިންގަޕޫރުން ކަމަށް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް