ads
ލ.މާވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު-- ފޮޓޯ: އެމްޓީސީސީ
ލ. މާވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 46 ޕަސެންޓް މަސައްކަތް ނިންމާލައިފި
ލ. މާވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 46 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

‏އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމުތޮށީގެ ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް ކަމަށާއި ބޭރުތޮށި ލުމަށް ބޭނުންވާ ފުރަތަމަ ބޮޑުގަލުގެ ޝިޕްމަންޓް މިހާރުވަނީ އެރަށަށް ގެންގޮސްފައި ކަމަށް އެމްޓީސީސީއިން ބުނެ އެވެ. 


މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 40 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އަދި 550 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ .

ޕްލޭނިން މިނިސްޓްރީން 25 ސެޕްޓެމްބަރ 2019 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް 27.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީއިން ލަފާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް