ads
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް – ފޮޓޯ: މަޖިލިސް
ސީއެސްސީގެ ލިސްޓު އެކުލަވާލާފައި ވަނީ އިންސާފުވެރިކޮށް: ރޮޒެއިނާ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އައްޔަނު ކުރުމަށް މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވީ އެންމެ ގާބިލް 13 ބޭފުޅުން ކަމަށާއި މެންބަރެއްގެ މަސްލަހަތު އޮތް އެއްވެސް މީހެއްގެ އިންޓަވިއުގައި ބައިވެރިވެ ވޯޓްދީފައި ނުވާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވީ ކޮމެޓީއިން ތަޅުމަށް ފޮނުވީ އިންޓަވިއު ކުރެވުނު ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް 13 ބޭފުޅުން ކަމަށެވެ.

އަދި ކޮމެޓީ މަރުހަލާގައި މަސްލަހަތު އޮތް އެއްވެސް މީހަކާ ގުޅުން ހުރި މީހެއް އިންޓަވިއުއެއްގައި ބައިވެރިވެ ވޯޓް ދީފައިވެސް ނުވާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެހެންނަމަވެސް އެކަން ބެއްލެވުމަށް މަރުހަބާ ކިޔާ ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ އެގޮތަށް ޓްވީޓް ކުރައްވާފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލާފައިވާ މެންބަރުންގެ ޝޯޓްލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 41 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ލިސްޓްގައި މަޖިލީހުގެ އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމެޓީގެ ބޭފުޅެއްގެ މަސްލަހަތު އޮތް ބޭފުޅެއް ހިމެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނަށް ގަބޫލްކުރެވޭ ކަމަށެވެ.

އެހެންވުމުން އެ ލިސްޓް އަދި އެއްފަހަރު ސުލޫކީ ކޮމެޓީން ބެލުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.

މިކަމާއި ގުޅިގެން ރޮޒެއިނާ ވަނީ މެމްބަރުން ވޯޓް ދެއްވި ގޮތަކީ މިއޮތީ ކަމަށް ވިދާޅުވެ ސިވިލްސާވިސްގެ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރެއްވި އިންޓަވިއުގައި ކޮމެޓީން ވޯޓް ދެއްވި ގޮތުގެ ތަފްސީލް ވެސް އާންމުކުރައްވާފަ އެވެ.

your imageވޯޓް ދެއްވި ގޮތުގެ ތަފްސީލް— ފޮޓޯ ޓުވިޓާ

ރޮޒެއިނާ ވިދާޅުވީ ވަކި މެންބަރެއް އެކަނި ވޯޓް ނުދެއްވައިގެން އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވާން ނިންމާފައި ވެސް ނުވާ ކަމަށެވެ.

އަދި މަސައްކަތް ކުރައްވާފައި ވާނީ ވަރަށް އިންސާފްވެރި ކަމާއިއެކު ކަމަށާއި ކޮމިޝަން މެމްބަރު ކަމަށް ގާބިލް ނޫން މީހެއްގެ ނަން ތަޅުމަށް ފޮނުވިފައި ނުވާނެ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް