ބޮލީވުޑުގައި އަލަށް ވިދަމުން އަންނަ ތަރި، ރާކުލް ޕްރީތް ސިންގަކީ މިހާރު ވެސް ތެލޫގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު އެކްޓަރެކެވެ.

Advertisement
ބޮލީވުޑުގައި އަލަށް ވިދަމުން އަންނަ ތަރި، ރާކުލް ޕްރީތް ސިންގަކީ މިހާރު ވެސް ތެލޫގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު އެކްޓަރެކެވެ.
ބޮލީވުޑުގައި އޭނާ ވަނީ "ދޭ ދޭ ޕިޔާރް ދޭ"، އަދި "މަރްޖާވާން" ފަދަ ފިލްމުތަކުން ފެނިފަ އެވެ. އެކަމަކު އިންޑަސްޓްރީއަށް ނިކުތުމާއެކު އޭނާއަށް އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުވި އެވެ.
މީހުންގެ ސިފައަށް ބެލުމަށް ފަހު ތަފާތު ކުރުމުގެ މައްސަލާގައި ވާހަކަދައްކަމުން ރާކުލް ޕްރީތް ބުނީ އޭނާގެ މޫނަކީ ވަރަށް އާދައިގެ މޫނެއް ކަމަށް ގިނަ ބަޔަކު ކެރިއަރުގެ ކުރީކޮޅުގައި ބުނި ކަމަށެވެ.
އެގޮތުން އެކްޓިން ރަނގަޅު ނަމަވެސް މާ އާދައިގެ މޫނެއް ހުރުމުން އިންޑަސްޓްރީގައި ކުރިއަށް ނުދެވޭނެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
ރާކުލް ޕްރީތް ބުނީ ކޮންމެ ދާއިރާއެއްގައި އުޅުނު ނަމަވެސް އެފަދަ ކޮމެންޓުތައް އަންނާނެ ކަމަށާއި، ވިސްނަން ޖެހޭނީ އެ ކަންކަމުގެ ސަބަބުން މީހާގެ އަޒުމް ވަރުގަދަ ކުރުމަށް ކަމަށެވެ.