އާރްއެސްއެސްގެ މަޖައްލާ، ޕަންޗްޖަންޔާ ގައި ދާދި ފަހުން ވަނީ ބޮލީވުޑުގެ ފިލްމުތަކާ ބެހޭ ގޮތުން ލިޔުމެއ ޝާއިއުކޮށްފަ އެވެ. އާމިރު ހާނަށް ތުހުމަތު ކޮށްފައި ވަނީ އެ ލިޔުމުގަ އެވެ.
އެގޮތުން އޭނާގެ ކެރިއާގައި ވަނީ އިންޑިއާއާ ދެކޮޅު ފަރާތްތަކާއެކު މަސައްކަތް ކޮށްފައި ކަމަށާއި، ވަކިން ހާއްސަކޮށް ޗައިނާ އާއި ތުރުކީ ފާހަގަކޮށްފައި ވެއެވެ.
އާމިރު ހާން ދާދި ފަހުން ވަނީ ތުރުކީގެ ފަސްޓު ލޭޑީ އެމީން އުރުދުގާންގެ އަރިހަށް ޒިޔާރަތްކޮށްފަ އެވެ. އެކަމަށް ވެސް އެ މަޖައްލާއިން ފާޑުކިޔާފައި ވެއެވެ.
އޭގެ އިތުރުން އާމިރު ހާނަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ "ފެވަރިޓް" ކަމަށް ވެސް ލިޔެފައި ވެއެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އާމިރު ހާނުގެ ފިލްމުތަކަށް ޗައިނާގައި ހިޓުވުމެވެ.