އެ ގޮތަށް ބުނެފައި ވަނީ ކޮވިޑުގެ ސަބަބުން ކުރަމުންދާ އަސަރުތަކުގެ މައްޗަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރުކޮށް، އިއްޔެ ނެރުނު ރިޕޯޓެއްގަ އެވެ.
ވަޒީފާގެ ހާލަތު އިތުރަށް ގޯސްވުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެ ކަމުގެ އިންޒާރު ވެސް އެ ރިޕޯޓުގައި ވަނީ ދީފަ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުންނެވެ.
އެކަމަށް އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ އެހީތަކެއް ސަރުކާރުން ދިނުމަށް އެ ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.
މި ރިޕޯޓު ނެރިފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ރިޕޯޓުގައިވާ ހޯދުންތަކަށް ސަރުކާރުން ބަލާނެ ކަމަށާއި، ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެހީވެދޭނެ ކަމަށެވެ.