ads
ފިނޭންސް މިނިސްޓްރީ--
މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބިއްޖެ
މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 8.2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނު 8.2 ބިލިއަން ރުފިޔާގެ ތެރެއިން، 6.7 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. 

މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. 

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތަކަށް 16 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، މިދިޔަ އަހަރު ހޭދަކޮށްފައި ވަނީ 15.5 ބިލިއަން ރުފިޔާ އެވެ. 

މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި އަންދާޒާކޮށްފައި ވަނީ މި އަހަރު ނިމުމުގެ ކުރިން 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. 

އެކަމަކު ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް އައިސްފައިވާ އިގްތިސޯދީ ހީނަރުކަމުގައި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ވެއްޓި، މި އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް