އެސްޑީއެފްސީން އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯނުތައް އަނބުރާ ދައްކަން ކުރިން ދިން މުއްދަތު އަންނަ މަހު ހަމަ ވާތީ އެވެ.
ކުރިން އެ ބޭންކުން ދީފައި ވަނީ މާޗް މަހުން ފެށިގެން ހަ މަހުގެ މުއްދަތެކެވެ. އެހެންވެ، މިހާރު ވަނީ މި އަހަރުގެ ނިޔަލަށް އެ މުއްދަތު ދިގުކޮށްފަ އެވެ.
ނަމަވެސް އެ މުއްދަތު ދެނީ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށެވެ. ރިލީފް ސްކީމުގެ ދަށުން ފަހުން ނެގި ލޯނުތަކަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން އަދި މަޝްވަރާއެއް ނުކުރެ އެވެ.
އެސްޑީއެފްސީން އެގޮތަށް ނިންމުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެ ބޭންކަށް ޝުކުރު އަދާކޮށް ޓްވީޓު ކުރައްވާފަ އެވެ.